ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ނުކުރާހައި ހިނދަކު، އަތުން ލިޔެގެން ރިކޯޑުތައް ބެލެހެއްޓުމުގެ ބަދަލުގައި އިލެކްޓްރޯނިކް ވަސީލަތް ބޭނުންކޮށްގެން ހިސާބުތައް ލިޔެ ރައްކާކޮށް ބެލެހެއްޓުމާއި ފޯރުކޮށްދިނުން ނުވަތަ ޕްރިންޓްކޮށްގެން ރިކޯޑުތައް ބެލެހެއްޓުން ބެލެވޭނީ، ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރެވޭ ކަމެއް ކަމުގައެވެ.
އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ހިސާބު ބަލަހައްޓަންވާނީ ފައިނޭންޝަލް ކޮންޓްރޯލަރުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.