ދައުލަތުގެ މުދާ

11.14 ދައުލަތުގެ މުދާ ބެލެހެއްޓުން
  • ދައުލަތުގެ މުދާ ބަހައްޓަންވާނީ ތިރީގައިމިވާ ގޮތުގެމަތިން ތަޅުލެވޭ ރައްކާތެރި ތަނެއްގައެވެ.

    1. ގުދަނެއްގައި ނުވަތަ ތަޅުލެވޭގޮތަށް ހުންނަ ރައްކާތެރި ތަނެއްގައި.
    2. މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ހުންނަ ކަބަޑު، މޭޒު، ނުވަތަ އަލަމާރިފަދަ ތަޅުލެވޭ އެއްޗެއްގައި.
    3. ގުދަންކޮށްގެން ނުބެލެހެއްޓޭފަދަ ތަކެތި މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ ގޮތެއްގެމަތިން ކަނޑައަޅާ ތަނެއްގައި.