ދައުލަތުގެ މުދާ

11.26 ދައުލަތުގެ އުޅަނދުފަހަރު ދުއްވާ ފަރާތާއި، ޒިންމާ
  • ދައުލަތުގެ އުޅަނދުފަހަރު ދުއްވުމަށް ހުއްދަކޮށްފައިވާ މުވައްޒަފަކު ފިޔަވައި އެހެން އެއްވެސް މީހަކު އެ އުޅަނދެއް ދުއްވައިގެން ނުވާނެއެވެ. މި ހުއްދަ ދޭންވާނީ އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށެވެ.

  • ދައުލަތުގެ އުޅަނދެއް ދުއްވުމުގެ ހުއްދަ ދެވިފައިވާ މީހަކު، އެފަދަ ތަކެތި ދުއްވުމަށް ދައުލަތުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް ދުއްވުމުގެ ސަބަބުން އުޅަނދަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމުގެ ޒިންމާ އުފުލަންވާނީ، އެ އުޅަނދު ދުއްވި މީހާއެވެ.

  • ދައުލަތުގެ އުޅަނދެއް ހަވާލުކޮށްފައިވާ ފަރާތެއްގެ އިހުމާލުން އެ އުޅަނދަކަށް ލިބޭ ގެއްލުމުގެ ބަދަލު އިންޝުއަރެންސްއިން ހަމަނުޖެއްސޭނަމަ އެ ބަދަލެއް ދޭންޖެހޭނީ އެ އުޅަނދެއް ދުއްވި މީހާއެވެ.

  • ދައުލަތުގެ އުޅަނދެއް ދުއްވުމުގެ ހުއްދަދެވިފައިވާ މީހަކު ގަވާއިދާ ޚިލާފަށް އެހެން ފަރާތަކަށް އުޅަނދު ދޫކޮށްގެން އެ އުޅަނދަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، ގެއްލުމުގެ ބަދަލު އިންޝުއަރެންސްއިން ހަމަނުޖެއްސޭނަމަ އެ ބަދަލެއް ދޭންޖެހޭނީ އެ އުޅަނދު ދޫކުރި މީހާއެވެ.

  • ދައުލަތުގެ އުޅަނދެއް ބޭނުންކުރަނިކޮށް ދުއްވި މީހާގެ އިހުމާލުން މީހަކަށް ނުވަތަ އެއްޗަކަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަކަށް ލިބޭ ގެއްލުމުގެ ބަދަލު އިންޝުއަރެންސްއިން ހަމަނުޖެއްސޭނަމަ އެ ބަދަލެއް ދޭންޖެހޭނީވެސް އެ އުޅަނދެއް ދުއްވި މީހާއެވެ.