އަހަރީ މާލީހިސާބުތަކާއި އަހަރީ ރިޕޯޓު އަދި އެކައުންޓިންގ ސްޓޭންޑަރޑްސް

15.04 ދައުލަތުގެ އަހަރީ ހިސާބުތައް ނިންމުމާއި ހުށަހެޅުން
  • މި ގަވާއިދުގެ 15.02 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ދައުލަތުގެ އޮފީސްތަކުން ލިބޭ އަހަރީ ހިސާބުތައް ކޮންސޮލިޑޭޓްކޮށް، އެ އަހަރެއްގެ ދައުލަތުގެ އަހަރީ ހިސާބު، މި ގަވާއިދުގެ 15.03 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފައިނޭންޝަލް ކޮންޓްރޯލަރ ތައްޔާރުކޮށް ކޮންމެ މާލީއަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

  • ދައުލަތުގެ އަހަރީ ހިސާބުތައް، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މިނިސްޓަރަށް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، މިނިސްޓަރު، އެ ހިސާބުތައް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

  • މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ދައުލަތުގެ އަހަރީ ހިސާބުތައް، މާލީއަހަރެއް ނިމޭތާ 3 (ތިނެއް) މަހާއި 14 (ސާދަ) ދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް މިނިސްޓަރުގެ ފަރާތުން ނުލިބިއްޖެނަމަ، އެކަން 14 (ސާދަ) ދުވަހުގެ ތެރޭގައި ލިޔުމަކުން އޮޑިޓަރ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.

  • ދައުލަތުގެ އަހަރީ ހިސާބުތައް، މިނިސްޓަރުގެ ފަރާތުން އޮޑިޓަރ ޖެނެލަރަށް ލިބޭތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، އެ ހިސާބުތައް އޮޑިޓްކުރުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓު، މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.