ދައުލަތުގެ މުދާ

11.05 ހިލޭ ލިބޭ ތަކެއްޗާމެދު ޢަމަލުކުރާނެ ގޮތް
  • ދައުލަތުގެ އޮފީސްތަކަށް ހިލޭ ލިބޭ ތަކެތީގެ ތެރެއިން ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނަންޖެހޭ ތަކެތި މި ގަވާއިދުގެ 11.04 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނަންވާނެއެވެ.

  • ދައުލަތުގެ އޮފީސްތަކަށް ހިލޭ ލިބޭ ތަކެތީގެ ތެރެއިން މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނަންނުޖެހޭ ތަކެތި، މި ގަވާއިދުގެ 11.20 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސްޓޮކް ހިސާބުތަކުގައި ހިމަނައިގެން ބަލަހައްޓަންވާނެއެވެ.