ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.11 އިދާރީގޮތުން މައްސަލަ އަލުން ބެލުމަށް އެދޭ ފޯމުން މައްސަލަ ހުށަހެޅުން
  • މި ގަވާއިދުގެ 17.10 ވަނަ މާއްދާގެ ދަށުން މައްސަލައަކާ ގުޅިގެން އިދާރީ ކަންކަން އަލުން ބެލުމަށް ހުށަހަޅަންވާނީ، އެކަމަށް ދޫކުރާ ފޯމަކުން މިނިސްޓްރީ އޮފް ފިނޭންސްއަށެވެ.

  • މިނިސްޓްރީ އޮފް ފިނޭންސްއިމިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހެޅޭ މައްސަލައެއް ގަބޫލުކުރެވޭނީ، ޕްރޮކިއުމަންޓް އޮފިސަރު އެ މައްސަލައެއް ނިންމި ދުވަހުން ފެށިގެން ނުވަތަ އެ މައްސަލައެއް ނިންމަންޖެހޭ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހުށަހެޅޭ މައްސަލަތަކެވެ.

  • ބީލަމަކާ ގުޅޭގޮތުން އިދާރީ މައްސަލައެއް އަލުން ބެލުމަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުށަހެޅުމުން، ތިރީގައިވާ ގޮތަށް އެ މައްސަލައަކާމެދު މިނިސްޓްރީން ޢަމަލުކުރަންވާނެއެވެ.

    1. އެ މައްސަލައަކާ ގުޅޭ ދައުލަތުގެ އޮފީހަކަށް ވަގުތުން އެ މައްސަލަ ހުށަހެޅިފައިވާކަން އެންގުން.
    2. މައްސަލަ ހުށަހެޅިއިރު، އެ ބީލަމުގެ މަސައްކަތް ވަކި ފަރާތަކާ ހަވާލުކޮށްފައިނުވާނަމަ، މައްސަލައާމެދު ވަކިގޮތެއް ނިންމަންދެން އެކަމެއް ހަވާލުކުރާނޭ ފަރާތެއް ކަނޑައެޅުން ލަސްކޮށްލުމަށް ދައުލަތުގެ އެ އޮފީހަކަށް ވަގުތުން އެންގުން.
    3. މައްސަލަ ހުށަހެޅިއިރު، އެ ބީލަމުގެ މަސައްކަތް ވަކި ފަރާތަކާ ހަވާލުކޮށްފައިވާނަމަ، މައްސަލައާމެދު ވަކިގޮތެއް ނިންމަންދެން މަސައްކަތް ވަގުތީގޮތުން މެދުކަނޑާލުމަށް އެ އޮފީހަކަށް ވަގުތުން އެންގުން.
    4. މައްސަލަ އަލުން ބެލުމަށްޓަކައި، މި ގަވާއިދުގެ 17.12 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުސްތަޤިއްލު ރިވިއު ކޮމެޓީއެއް އެކުލަވާލުން.