ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އާންމު ބައިތައް

12.20 ސެކިއުރިޓީސް ޑޮކިއުމަންޓްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން
  • ސެކިއުރިޓީސް ޑޮކިއުމަންޓްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމެއް އެތަނަކުން ހަމަޖައްސަންވާނެއެވެ. އަދި ސެކިއުރިޓީސް ޑޮކިއުމަންޓްތަކުގެ ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ. އަދި މި ލިޔުންތައް ބަހައްޓަންވާނީ ތިޖޫރީ ނުވަތަ ތަޅުލެވޭ އެއްޗެއްގައި ޒިންމާދާރު މުވައްޒަފެއްގެ ބެލުމުގެދަށުގައެވެ.

  • ސެކިއުރިޓީސް ޑޮކިއުމަންޓުގެ ގޮތުގައި މައިގަނޑު ގޮތެއްގައި ބަލާ ތަކެތި ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

    1. ސެކިއުރިޓީސް.
    2. އެއްބަސްވުން ކުރިއަށް ގެންދިޔުމަށްޓަކައި ލިބިފައިވާ ގެރެންޓީ.
    3. ނެގޯޝިއަބަލް އިންސްޓްރުމަންޓްސް.
    4. އެހެން ޤާނޫނެއްގައި ސެކިއުރިޓީސް ޑޮކިއުމަންޓުގެ ގޮތުގައި މާނަކުރެވިފައިވާ އެއްވެސް ލިޔުމެއް.
    5. ސެކިއުރިޓީސް ޑޮކިއުމަންޓެއްކަމަށް ފައިނޭންޝަލް ކޮންޓްރޯލަރ ނިންމާ ލިޔުމެއް.
  • ސެކިއުރިޓީސް ޑޮކިއުމަންޓުގެ ކަންތައްތައް ތިރީގައިމިވާ ގޮތުގެމަތިން ފުރިހަމަކުރުމާއެކު، އެކަށީގެންވާ ކޮންޓްރޯލެއް ޤާއިމުކޮށްގެން ބަލަހައްޓަންވާނެއެވެ.

    1. ސެކިއުރިޓީސް ޑޮކިއުމަންޓްތަކުގެ ރަޖިސްޓަރީގައި އެކަށީގެންވާ ތަފުސީލު ރިކޯޑުކުރުން.
    2. ސެކިއުރިޓީސް ޑޮކިއުމަންޓްތައް ރައްކާތެރި ތަނެއްގައި ރައްކާތެރިކަމާއެކު ބެހެއްޓުން.
    3. ކޮންމެ އަހަރަކު މަދުވެގެން އެއްފަހަރު ސެކިއުރިޓީސް ޑޮކިއުމަންޓްސް ރަޖިސްޓަރީ ރިކޮންސައިލްކުރުން.