ޚިދުމަތެއް ހޯދުމުގެ ކުރިން ނުވަތަ އެއްޗެއް ގަތުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާ އެ އޮފީހުގެ ފާސްވެފައިވާ ބަޖެޓުގައި ހިމެނި، ޚަރަދުކުރެވޭވަރަށް ބާކީގައި ހުރިކަމަށް ބަޖެޓް ސެކްޝަނުގެ ކަމާބެހޭ ވެރިޔަކު ނުވަތަ ޕްރިންސިޕަލް އެކައުންޓްސް އޮފިސަރު ސޮއިކުރުމުން މެނުވީ އެއްވެސް އެއްޗެއް ގަތުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް އޯޑަރުކޮށްގެން ނުވާނެއެވެ.