ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.06 ކޮމިޓީގެ ރިޕޯޓު ލިބުމުން ޢަމަލުކުރަންޖެހޭ ގޮތް
  • ކޮމިޓީގެ ރިޕޯޓު ލިބުމަށްފަހު، މުދަލާއި ފައިސާ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން މިނިސްޓަރަށް ފެންނަނަމަ އިތުރު ފިޔަވަޅެއް އެޅުމަށް އަންގަންވާނެއެވެ.

  • މައްސަލައިގައި ގެއްލުމެއް ލިބިފައިވާނަމަ، ލިބިފައިވާ ގެއްލުމަށް ޒިންމާވާންޖެހޭ މުވައްޒަފު ނުވަތަ މުވައްޒަފުން އަތުން އެ ގެއްލުމެއްގެ ބަދަލު ހޯދުމުގައި ޢަމަލުކުރާނެ ގޮތެއް ނުވަތަ ޖޫރިމަނާ ކުރަންވީ އަދަދު ކަނޑައަޅާނީ މިނިސްޓަރެވެ.

  • މި މާއްދާގެ (ށ) ގައިވާ ފިޔަވަޅު އަޅާނީ، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ މުއައްސަސާއަކަށް އަންގައި، އެ މުއައްސަސާއެއް މެދުވެރިކޮށްގެންނެވެ.

  • މި މާއްދާގެ (ށ) ގައިވާ ފިޔަވަޅު އަޅަންޖެހެނީ، މުވައްޒަފަކު ފިޔަވައި އެހެން ފަރާތަކާ މެދުގައި ކަމަށްވާނަމަ، އެ ފަރާތަކާމެދު ފިޔަވަޅު އަޅާނީ ޝަރީޢަތް މެދުވެރިކޮށްގެންނެވެ.