ބަޖެޓް ދޫކުރުމާއި، ޚަރަދުކުރުމަށް ހުއްދަދިނުން

4.09 މަޤާމުތަކުގެ މުސާރަ ބަދަލުކޮށްގެން ޚަރަދުކުރުން
  • އަހަރީ ބަޖެޓުގައި "މުވައްޒަފުންގެ މުސާރަ" އައިޓަމުގައި ހިމެނޭ މަޤާމުތަކުގެ މުސާރަ، ކޯޑުތަކުގައި ފައިސާ ހުރި މިންވަރަކުން އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ ނިންމާ ގޮތެއްގެމަތިން އެއް މަޤާމަކަށް ކަނޑައެޅިފައިވާ ފައިސާ އަނެއް މަޤާމަކަށް ބަދަލުކޮށްގެން ޚަރަދުކުރެވިދާނެއެވެ. މިގޮތަށް އެއް މަޤާމުގެ މުސާރައިން އަނެއް މަޤާމުގެ މުސާރައަށް ބަދަލުކުރާ ފައިސާއާބެހޭ މަޢުލޫމާތު ބަޖެޓް ހިސާބުތަކުން އެނގެން ހުންނަންވާނެއެވެ. އަދި ކޮންމެ މަހެއްގެ ޚަރަދު ރިޕޯޓު ތައްޔާރުކުރާއިރު، މުސާރައިގެ ކޯޑުގައި ހިމެނޭ މަޤާމުތައް ވަކިވަކިން އެނގޭގޮތަށް މުސާރައިގެ ތަފުސީލު، ރިޕޯޓުގައި ހިމަނަންވާނެއެވެ.