ދައުލަތުގެ މުދާ

11.12 ދައުލަތުގެ ތަންތަނުގައި ހުންނަ ރުއްގަހުން ލިބޭ ތަކެއްޗާމެދު ޢަމަލުކުރާނެ ގޮތް
  • މީހުން ބައިތިއްބުމަށް ހަދާފައި ހުންނަ ދައުލަތުގެ ޢިމާރާތްތަކުގެ ގޯތިތެރޭގައި ހުންނަ ރުއްގަހުން ލިބޭ ތަކެތި ބޭނުންކުރާނީ އެ ތަނެއްގައި މީހުން ތިބޭއިރު އެ ތަނެއްގައި ކުރަންޖެހޭ ބޭނުންތަކަށެވެ.

  • މި މާއްދާގެ (ހ) ގައިވާފަދަ ތަންތަން ފިޔަވައި، ދައުލަތުގެ އެހެން ތަންތަނުގައި ހުންނަ ރުއްގަހުން ލިބޭ ތަކެތި ބޭނުންކުރާނީ، އެ ތަނެއްގެ ސަރުދާރު ފެންވަރުން ފެށިގެން ދަށުގެ މުވައްޒަފުންނެވެ. އެގޮތަށް މުވައްޒަފުންނަށް ތަކެތި ދޫކުރެވޭނީ ތިރީގައިމިވާ ގޮތަށް އެ މުވައްޒަފުން ރުއްގަސް ބަލަހައްޓާނަމައެވެ.

    1. ރަސްމީގަޑި ފިޔަވައި އެހެން ވަގުތުތަކުގައި ރުއްގަސް ސާފުކޮށް ބަލަހައްޓައިދީ ރުއްގަހުގެ ކުނިއުކައިދިނުން.
    2. އެ ތަނެއްގެ މުވައްޒަފުން އަމިއްލައަށް ރުއްގަސް ސާފުކޮށް ބެލެހެއްޓޭވަރު ނުވާނަމަ، އެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި އެހެން ފަރާތަކާ ހަވާލުކޮށްގެން ރުއްގަސް ސާފުކޮށް ބެލެހެއްޓުން.
  • މި މާއްދާގެ (ށ) ގައިވާ ގޮތަކުންކުރެ ގޮތަކަށް މުވައްޒަފުން ބޭނުންނުވާނަމަ، އަދި އެ އޮފީހެއްގެ ބަޖެޓުން ޚަރަދުކޮށްގެން ރުއްގަސް ސާފުކޮށް ބަލަހައްޓާނަމަ، އެ ތަކެތި މުވައްޒަފުންނަށް ދެވޭނީ އެ އޮފީހެއްގެ އިސްވެރިޔާ ކަނޑައަޅާ ގޮތެއްގެމަތިންނެވެ.