ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.08 ލިބޭ ފައިސާގެ ދުވަހުފޮތް ބެލެހެއްޓުން
  • ދައުލަތުގެ ކޮންމެ އޮފީހަކަށް ލިބޭ ފައިސާ ބަލައިގަތުމަށްފަހު ދުވަހުފޮތުގައި ލިޔެގެން ނުވަތަ ފައިނޭންޝަލް ކޮންޓްރޯލަރ ހުއްދަކުރާ އިލެކްޓްރޯނިކް ވަސީލަތަކުން ދުވަހުންދުވަހަށް ތިރީގައިވާ ގޮތުގެމަތިން ރިކޯޑުކޮށް ލިބޭފައިސާގެ ހިސާބުތައް ބަލަހައްޓަންވާނެއެވެ.

    1. އެކަކު ނުވަތަ އެކަކަށްވުރެ ގިނަ މުވައްޒަފުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަންތަނުގައި ފައިސާ ބަލައިގަންނަ މުވައްޒަފުން އެ މުވައްޒަފަކު ބަލައިގަންނަ ފައިސާގެ ތަފުސީލު ޝީޓެއް ތައްޔާރުކޮށް ބަލައިގަނެވުނު ފައިސާއާއެކު، އެ ފައިސާ ހަވާލުކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފަކާ ހަވާލުކުރުން.
    2. އެދުވަހަކު ބަލައިގަންނަ ހުރިހާ ފައިސާއެއް ހަވާލުވާ މުވައްޒަފު ނުވަތަ ލިބޭފައިސާގެ ދުވަހުފޮތް ނުވަތަ ދުވަހުޝީޓް ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފު ލިބޭފައިސާގެ ދުވަހުފޮތުގައި ނުވަތަ ދުވަހުޝީޓުގައި ލިޔެ ދުވަހުންދުވަހަށް ހިސާބުތައް ނިންމުން.
  • ކޮންމެ ދުވަހަކު ލިބޭ ފައިސާ ދުވަހުފޮތުގައި ނުވަތަ ދުވަހުޝީޓުގައި ލިޔާއިރު، އެ ފައިސާއެއް ލިބުނު ކަމަކާއި، ދެއްކި ފަރާތާއި، ދެއްކި އަދަދު އެނގޭނެގޮތަށް ބިލު ނުވަތަ ރަސީދު ނަންބަރާއެކު ލިޔެ، އެދުވަހެއްގެ ޖުމުލަ ކުރަންވާނެއެވެ.

  • ލިބޭފައިސާގެ ދުވަހުފޮތް ނުވަތަ ދުވަހުޝީޓުގެ ނަމޫނާއެއް މި ގަވާއިދުގެ MG/RV02 ގައި ވާނެއެވެ.