އެހެނިހެން މާލީކަންކަން ހިންގައި ބެލެހެއްޓުން

13.02 ޕަބްލިކް ބޭންކް އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ވަގުތުންވަގުތަށް ބޭނުންނުވާ ފައިސާ އިންވެސްޓްކުރުން
  • ޕަބްލިކް ބޭންކް އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ވަގުތުންވަގުތަށް ބޭނުންނުވާ ފައިސާ، އެ އެކައުންޓުން ނަގައި، ތިރީގައިމިވާ ގޮތުގެމަތިން މާލީ ރައްކާތެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރަށް އިންވެސްޓްކުރެވިދާނެއެވެ.

    1. ބޭރު ޤައުމެއްގެ ސަރުކާރުން ނުވަތަ ބައިނަލްއަޤުވާމީ އިދާރާއަކުން ދޫކޮށްފައިވާ ނުވަތަ ގެރެންޓީކޮށްފައިވާ ސެކިއުރިޓީޒަށް.
    2. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ގަބޫލުކުރާ ބޭންކެއްގެ އެކައުންޓުގައި ޑިޕޮޒިޓުކޮށްފައި ބެހެއްޓުމަށް.
  • މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންވެސްޓްކުރާ ދައުލަތުގެ ފައިސާގެ ހިސާބު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއިން ބަލަހައްޓަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުރާ ކޮންމެ އިންވެސްޓްމަންޓަކުން ލިބޭ އިންޓްރެސްޓް ވެސް ޖަމާކުރަންވާނީ އިންޓްރެސްޓް ސަސްޕެންސް އެކައުންޓަށެވެ.