ދައުލަތުގެ މުދާ

11.27 ދަތުރު ރިކޯޑު ބެލެހެއްޓުން
  • ދައުލަތުގެ އުޅަނދުފަހަރާއި، ގިނަ ދުވަހަށް ކުއްޔަށް ހިފައިގެން ގެންގުޅޭ އުޅަނދުތަކުގައި ކުރާ ދަތުރުތަކުގެ މަޢުލޫމާތު، ތިރީގައިވާ ކަންތައްތައް އެނގޭނެ ގޮތަށް ރިކޯޑު ބަލަހައްޓަންވާނެއެވެ. (MG/BC15)

    1. ދަތުރުކުރި ތާރީޚު
    2. ދަތުރު ފެށި ގަޑިއާއި، ނިންމި ގަޑި
    3. ދަތުރުގެ ބޭނުން
    4. ދަތުރު ކުރުވި މުވައްޒަފުންގެ ނަމާއި، މަޤާމު އަދި ސޮއި
    5. އެހެން ފަރާތަކުން ފައިސާ ލިބޭގޮތަށް ކުރި ދަތުރެއްނަމަ، ދަތުރުކުރުމަށް އެއްބަސްވި އަގާއި، އެ އަގު ހޯދުމަށް އެޅި ފިޔަވަޅު
    6. ފަހުން ފައިސާ ދައްކާގޮތަށް ކުރި ދަތުރެއްނަމަ، ދަތުރަށް ހެދި ބިލުގެ ތަފުސީލާއި ތާރީޚު
    7. ވަގުތުން ފައިސާ ލިބުނުނަމަ، ފައިސާ ބަލައިގަތް ރަސީދުގެ ތަފުސީލާއި ތާރީޚު
  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދަތުރުގެ މަޢުލޫމާތު ފުރިހަމަކުރުމުގައި އެ މާއްދާގެ (ހ) ގެ ނަންބަރު 1 ން 4 ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ރެކޯޑުކުރުމުގެ ޒިންމާ އުފުލާނީ، އެ ދަތުރެއް ކުރި އުޅަނދު ދުއްވި މީހާއެވެ. އަދި މި މާއްދާގެ (ހ) ގެ ނަންބަރު 5 ން 7 ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ރެކޯޑުކުރުމުގެ ޒިންމާ އުފުލާނީ، އެ އުޅަނދެއްގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ އޮފީހަކުންނެވެ.