ދައުލަތަށް އެހީ ދިނުމުގެ އެއްބަސްވުމުގައި ވަކި ބޭންކް އެކައުންޓެއް ހުޅުވައި ބެލެހެއްޓުމަށް ޝަރުޠުކޮށްފައިވާނަމަ، އެ މަޝްރޫޢަކަށް އެކައުންޓެއް ހުޅުވުމަށްޓަކައި ކަމާބެހޭގޮތުން ޕްރޮޕޯސަލެއް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެއެވެ. އަދި އެ އެކައުންޓު ހުޅުވުމުން އެކައުންޓުގެ ހިސާބުތައް މި ގަވާއިދުގައިވާ ގޮތުގެމަތިން ބަލަހައްޓަންވާނެއެވެ.