ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.07 ޕްރޮކިއުމަންޓުގެ ސިޔާސަތު ކަނޑައަޅާ ފަރާތާއި، އެ ސިޔާސަތު ހިންގާ ފަރާތް ވަކިކުރުން

ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގާ ފަރާތާއި، ޕްރޮކިއުމަންޓުގެ އުސޫލުތައް ހަދައި ސިޔާސަތު ކަނޑައަޅާ ފަރާތަކީ އެއްފަރާތަކަށް ވެގެންނުވާނެއެވެ. މި ދެ ފަރާތް އެއް ފަރާތަކަށް ވެއްޖެނަމަ، މަސައްކަތް ހިންގާ ބެލެހެއްޓުމުގައި އަމިއްލަ މަޞްލަޙަތު ފުށުއަރާނެތީ، އެފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އެ ދެފަރާތުގެ މަސައްކަތް ރާވައި ހިންގަންވާނީ އެއްފަރާތެއްގެ މަސައްކަތަށް އަނެއް ފަރާތުން ނުފޫޒު ނުފޯރާ ގޮތެއްގެ މަތިން ވަކިންނެވެ.