މުވައްޒަފުންގެ މާލީޒިންމާ، ބާރު އަދި މަސްއޫލިއްޔަތު

2.04 ކައުންސިލުތަކުގެ މާލީކަންތައްތަކުގެ ޒިންމާ
  • ކައުންސިލުތަކުގެ މާލީކަންތައްތައް ބެލެހެއްޓުމުގައި ތިރީގައިމިވާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި އެކަންކަން ގަވާއިދުން ހިނގަމުންދޭތޯ ކަށަވަރުކުރުމަކީ ކައުންސިލްގެ ރައީސްގެ ޒިންމާއެކެވެ.

  • ކައުންސިލްގެ މާލީރިޕޯޓުތައް ތައްޔާރުކުރުމާއި، ހުށަހަޅަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވުން.

  • ޤާނޫނާއި މި ގަވާއިދާ ތައާރުޒުނުވާގޮތަށް ކައުންސިލުން ނިންމާ ގޮތެއްގެމަތިން ކައުންސިލަށް ލިބޭ ފައިސާގެ އެންމެހައި ކަންތައް އިދާރާއިން ހިންގުން.

  • އާމްދަނީއާއި ޚަރަދުގެ ހިސާބުތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.

  • މުދަލާއި ހަވާލުގައި ހުންނަ މުދާ ހޯދުމާއި، ވިއްކުމާއި، ދޫކުރުމުގެ އިންތިޒާމު ޤާނޫނާއި މި ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.