ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.02 ދައުލަތަށް ލިބޭ ފައިސާ
  • ދައުލަތުގެ ފައިސާއަކީ ޤާނޫނަކުން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާ ގަވާއިދަކުން ދައުލަތުގެ އޮފީސްތަކަށް ލިބޭ ކޮންމެ ފައިސާއަކާއި، ދައުލަތުގެ މިލްކުގައިވާ ބިމެއް ނުވަތަ ޢިމާރާތެއް ނުވަތަ އެއްޗެއް ކުއްޔަށް ދީގެން ނުވަތަ ވިއްކާލައިގެން ލިބޭ ކޮންމެ ފައިސާއެއްގެ އިތުރުން މި މާއްދާގެ (ށ) ގައި ބުނާ ފައިސާއެވެ.

  • މި މާއްދާގެ (ހ) ގައި ބުނާ ދައުލަތަށް ލިބޭ ފައިސާ ތިރީގައި މިވަނީއެވެ.

    1. ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ
    2. ދައުލަތަށް ހިލޭއެހީގެ ގޮތުގައި ލިބޭ ފައިސާ
    3. ދައުލަތަށް ލޯނުގެ ގޮތުގައި ލިބޭ ފައިސާ
    4. މިނޫނަސް އެކި ގޮތްގޮތުން ދައުލަތަށް ލިބޭ ފައިސާ