ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.29 ބޭރުގެ އެހީގެ ގޮތުގައި ލިބޭ ތަކެތި

ބޭރުގެ އެހީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ތަކެތި، އެ އެއްޗެއް ލިބޭތާ ލަސްވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ އެއްޗެއްގެ އަގާއެކު، ފުރިހަމަ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސްއިމިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނެއެވެ. މީގެތެރޭގައި ބޭރުގެ އެހީގައި ކުރެވޭ ޢިމާރާތްތަކާއި ހިންގާ މަސައްކަތްތަކަށް ބޭނުންކުރުމަށްޓަކައި ހޯދާ ހުރިހާ ތަކެއްޗެއްވެސް ހިމެނެއެވެ. މި މަޢުލޫމާތު ފޮނުވާއިރު، މި ގަވާއިދުގެ 5.28 ވަނަ މާއްދާގެ (ނ) ގައިވާ މަޢުލޫމާތު ފޮނުވަންވާނެއެވެ.