އެހެނިހެން މާލީކަންކަން ހިންގައި ބެލެހެއްޓުން

13.05 އިންޓަރެސްޓާއި، އިންޓަރެސްޓް ފައިސާ ބަހާނެ ގޮތް
  • ދައުލަތުގެ އިންވެސްޓްމަންޓެއް އިންވެސްޓްކޮށްގެން ލިބޭ އެންމެހައި އިންޓަރެސްޓް ފައިސާއާއި އެނޫން ގޮތްގޮތުން ދައުލަތަށް ލިބޭ އިންޓަރެސްޓް ފައިސާ ޖަމާކުރަންވާނީ، އިންޓަރެސްޓް ސަސްޕެންސް އެކައުންޓަށެވެ. އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގައި ހުންނަ ދައުލަތުގެ ފައިސާ ނަގަންވާނީ، ޕަބްލިކް ފަންޑަކަށް ޖަމާކުރުމަށް، ނުވަތަ ޓްރަސްޓް ސްޓޭޓްމަންޓުގައިވާ ގޮތުގެމަތިން ޓްރަސްޓް އެކައުންޓަކަށް ނުވަތަ އެކައުންޓުތަކަށް ޖަމާކުރުމަށެވެ.

  • ޓްރަސްޓް އެކައުންޓަކަށް އިންޓަރެސްޓް ލިބޭނެ ގޮތްތަކާއި މިންގަނޑުތައް އަދި އިންޓަރެސްޓް ސަސްޕެންސް އެކައުންޓްގައި ހުންނަ ފައިސާ ބަހާނެ ގޮތް ފައިނޭންޝަލް ކޮންޓްރޯލަރ ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. މިގޮތުން އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގައި ހުންނަ ފައިސާއިން ޕަބްލިކް ފަންޑަށް ޖަމާކުރާނެ އަދަދާއި، ޓްރަސްޓް އެކައުންޓްތަކަށް ޖަމާކުރާނެ އަދަދު ވަކިވަކިން އެނގެން އޮންނަންވާނެއެވެ.

  • މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފައިނޭންޝަލް ކޮންޓްރޯލަރ ތައްޔާރުކޮށް ހުށަހަޅާ ސްޓޭޓްމަންޓުގައިވާ ގޮތަށް ޓްރަސްޓް އެކައުންޓްތަކަށާއި، ޕަބްލިކް ފަންޑަށް ޖަމާކުރާނެ އަދަދު ނިންމާނީ މިނިސްޓަރެވެ. އަދި އެ އެކައުންޓުތަކަށް ފައިސާ ޖަމާކުރަންވާނީ މިނިސްޓަރުގެ ހުއްދަ ލިބިގެންނެވެ.

  • މިންގަނޑުތަކުގެ ރިކޯޑުތައް މިނިސްޓްރީ އޮފް ފިނޭންސްއިން ބަލަހައްޓަންވާނެއެވެ.

  • އިންޓަރެސްޓް ފައިސާ ބެހުމަށް ނިންމި ގޮތެއްގެމަތިން ބަހައި ނިމޭއިރު، އިންޓަރެސްޓް ސަސްޕެންސް އެކައުންޓުގައި ބާކީ ފައިސާ ހުރިނަމަ، އެ ފައިސާ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ޖަމާކުރަންވާނެއެވެ.

  • ނިމިދިޔަ އަހަރުގެ އިންޓަރެސްޓުގެ ގޮތުގައި ލިބިފައިވާ ހުރިހާ ފައިސާއެއް ހިނގާ މާލީއަހަރުގެ ތެރޭގައި ބަހައި ނިންމަންވާނެއެވެ. އަދި އެހެނިހެން ބޭންކް އެކައުންޓުތަކަށް ލިބިފައިވާ އިންޓަރެސްޓްވެސް ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ޖަމާކޮށް ނިންމަންވާނެއެވެ.