ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.14 ޑެބިޓްކާޑާއި ކްރެޑިޓްކާޑުން ފައިސާ އަދާކުރުން
  • ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ބޭނުންކުރުމަށް މިނިސްޓަރުގެ ހުއްދައާއެކު ޑެބިޓްކާޑާއި ކްރެޑިޓްކާޑު އޮފީހުގެ ނަމުގައި ހެއްދިދާނެއެވެ. ކާޑު ބޭނުންކޮށްގެން ޚަރަދުކުރެވޭނީ ބަޖެޓް ކުރެވިފައިވާ ކަންތައްތަކަށް މި ގަވާއިދުގައި ހުއްދަކުރާ ޚަރަދުތަކަށެވެ. ކާޑު ބޭނުންކުރުމުގެ ހުއްދައަށް އެދި މިނިސްޓަރަށް ލިޔާއިރު، ފައިސާ ޚަރަދުކުރަން ބޭނުންވާ ކަންތައްތަކާއި، އެންމެ ގިނަވެގެން ފައިސާ ޚަރަދުކުރާނެ އަދަދެއް ބަޔާންކުރަންވާނެއެވެ.

  • ކްރެޑިޓްކާޑާއި ޑެބިޓްކާޑު ބޭނުންކޮށްގެން ކުރާ ޚަރަދުތައް އެ ޚަރަދެއް ކޮށް ނިމޭތާ ނުވަތަ ސްޓޭޓްމަންޓް އޮފް އެކައުންޓް ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ޚަރަދުތައް ބަޖެޓް ހިސާބުތަކުގެ ތެރޭގައި ހިމެނުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރަށް ކުރާ ދަތުރެއްގައި ނުވަތަ އެހެންވެސް ދަތުރެއްގައި ކާޑުން ކުރާ ޚަރަދުތައް އެ ދަތުރެއް ނިންމާފައި އަންނަތާ ނުވަތަ ސްޓޭޓްމަންޓް އޮފް އެކައުންޓް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައި ބަޖެޓް ހިސާބުތަކުގައި ހިމަނަންވާނެއެވެ.

  • ކްރެޑިޓްކާޑާއި ޑެބިޓްކާޑު ބޭނުންކޮށްގެން ގަވާއިދާ ޚިލާފަށް ޚަރަދުކުރާކަން ފާހަގަކުރެވިއްޖެނަމަ، ކާޑު އަތުލުމުގެ ނުވަތަ ކެންސަލްކުރުމުގެ އިޚުތިޔާރު ފައިނޭންޝަލް ކޮންޓްރޯލަރަށް ލިބިގެންވެއެވެ.

  • މި މާއްދާގައިވާ ގޮތުގެމަތިން ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން ޚިދުމަތް ހޯދަންވާނީ މިނިސްޓްރީ އޮފް ފިނޭންސްއިމިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.