ދައުލަތުގެ ތަނަކަށް، އެތަނެއްގެ މުވައްޒަފަކާ ގުޅުންހުރި ވިޔަފާރިއަކުން އެތަނަކަށް އެއްޗެއް ގަންނަންވާނީ، ނުވަތަ މުވައްޒަފަކާ ގުޅުންހުރި ތަނަކުން މަސައްކަތެއް ކުރުވައި ޚިދުމަތެއް ހޯދަންވާނީ، އެނޫން ގޮތަކަށް އެކަން ކުރެވެން ނެތް ހާލަތެއްގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަޝްވަރާ ލިޔުމަކުން ލިބިގެންނެވެ.
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފަކާ ގުޅުންހުރި ތަނެއްކަމަށް ބެލެވޭނީ، މި ގަވާއިދުގެ 1.02ގެ (ހ) ގައި، "ކްލޯޒް ރިލޭޓިވް" ނުވަތަ "ކްލޯޒް އެސޯސިއޭޓް" ކަމަށް ބުނެފައިވާ ފަރާތަކަށް ނުވަތަ އެފަދަ ފަރާތެއްގެ ތަނަކަށެވެ.