ދައުލަތަށް ލިބޭ ޓެކުހަށް ނުވާ ފައިސާގެ ތެރެއިން، މި ބާބުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެންމެހައި ފައިސާ ދައުލަތުގެ ނަމުގައި ބަލައިގަންނާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. އަދި މީރާގެ އޮފީހެއް ނުހުންނަ ރަށެއްގައިނަމަ، މީރާއިން ކަނޑައަޅާ ފަރާތަކުންނެވެ.
މި މާއްދާގެ (ހ) ގެ ދަށުން ފައިސާ ބަލައިގަތުމުގައި، އެ ފައިސާއާ ގުޅޭގޮތުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ބަލައިގަތުންވެސް ހިމެނެއެވެ.
# ޖަދުވަލު 1
| # | ނަން | ޤާނޫނު/ގަވާއިދު |
|---|---|---|
| 1 | ވިޔަފާރި ރަޖިސްޓަރީ ފީ | ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) |
| 2 | ކުންފުނިތަކުގެ އަހަރީ ފީ | ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) |
| 3 | ކުންފުނި ރަޖިސްޓްރޭޝަން ފީ | ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) |
| 4 | ކޯޕަރޭޓިވް ސޮސައިޓީ އަހަރީ ފީ | ޤާނޫނު ނަންބަރު 2007/3 (ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު) |
| 5 | ކޯޕަރޭޓިވް ސޮސައިޓީ ރަޖިސްޓްރޭޝަން ފީ | ޤާނޫނު ނަންބަރު 2007/3 (ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު) |
| 6 | ޕާޓްނަރޝިޕް ރެޖިސްޓްރޭޝަން ފީ | ޤާނޫނު ނަންބަރު 2011/13 (ޕާޓްނަރޝިޕްގެ ޤާނޫނު) |
| 7 | ސްޓިކަރ ފީ | ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) |
| 8 | ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރުގެ ފީ | ޤާނޫނު ނަންބަރު 78/69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު) |
| 9 | ރެވެނިއު ސްޓޭމްޕް | ޤާނޫނު ނަންބަރު 70/4 (އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު) |
| 10 | ފަޅުރަށްރަށުގެ ވަރުވާ | ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) |
| 11 | ފަޅުރަށްރަށް ބެލެހެއްޓުމުގެ ފީ | ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) |
| 12 | ރަށްޔިތުންނަށް ދޫކުރެވޭ ފަޅުރަށްރަށުން ނެގޭ ކުލި | ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) |
| 13 | ވަގުތީގޮތުން ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަޅުރަށްރަށުގެ ފީ | ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) |
| 14 | ދިގު މުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ރަށްރަށުގެ ކުލި | ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) |
| 15 | ވިޔަފާރިކުރުމަށް ދޫކޮށްފައިވާ ބިންބިމުގެ ކުލި | ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" |
| 16 | ބޮޑެތި މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ބަންޑާރަ ބިމުން ނަގާ ބިމު ކުލި | ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" |
| 17 | "އަލިމަސްއުފާ" ސަރަޙައްދުގެ ބިންބިމުން ނަގާ ކުލި | ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" |
| 18 | މާލޭ ވިޔަފާރި ބަނދަރުން ނަގާ ކުލި | ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" |
| 19 | ފްލޯޓިންގ ޖެޓީގެ ކުލި | ވަކިވަކި އެއްބަސްވުމުގެ ދަށުން |
| 20 | ފްލެޓް ބެލެހެއްޓުމުގެ އަގު | ވަކިވަކި އެއްބަސްވުމުގެ ދަށުން |
| 21 | ސަރުކާރުން އިމާރާތްކުރާ ފްލެޓް ފަދަ ތަންތަން ވިއްކައިގެން ލިބޭ ފައިސާ | ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" |
| 22 | ފްލެޓްތަކުން ނެގޭ ކުލި | ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" |
| 23 | ސަރުކާރުގެ އިމާރާތުގެ ކުލި | ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" |
| 24 | ފޮރިން އިންވެސްޓްމަންޓް އެޑްމިނިސްޓްރޭޝަން ފީ | ޤާނޫނު ނަންބަރު 79/25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ނެގޭ ފީ. |
| 25 | ކުއްޔަށް ދޫކޮށްފައިވާ ފިހާރަތަކުން ނެގޭ ކުލި (މިނިސްޓްރީ އޮފް ފިނޭންސް) | ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" |
| 26 | އާންމު ފާޚާނާބަރިތަކުން ނަގާ ކުލި | ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" |
| 27 | ކުއްޔަށްދޭ ފިހާރަތަކުން ނަގާ ކުލި (ހައުސިންގ މިނިސްޓްރީ) | ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" |
| 28 | ދައުލަތުގެ ބިންބިން ވިއްކައިގެން ލިބޭ ފައިސާ | ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" |
| 29 | ތިމާވެށްޓަށް ގެއްލުން ލިބުމާ ގުޅިގެން ނަގާ ޖޫރިމަނާ | ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) |
| 30 | ބިދޭސީ ޓްރޭޑް ޑިޕޮސިޓް | ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) |
| 31 | އިމްޕޯޓްކުރާ އުޅަނދުފަހަރުގެ ފީ | ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު) |
| 32 | ވިސާ ފީ | ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) |
| 33 | ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އާއި، "ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ ގަވާއިދު" އާއި، ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) |
| 34 | އަމިއްލަ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ފީ | ޤާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) |
| 35 | ޑައިވް ސްކޫލް ރަޖިސްޓްރޭޝަން ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) |
| 36 | ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ޙިމާޔަތްކޮށް ރައްކައުތެރިކުރުމާބެހޭ ގަވާއިދާ ޚިލާފުވުމުން ނަގާ ޖޫރިމަނާ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ގަވާއިދު" |
| 37 | ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތްދިނުމާބެހޭ ގަވާއިދާ (ޓްރެވަލް އެޖެންސީ ގަވާއިދު) ޚިލާފުވުމުން ކުރާ ޖޫރިމަނާ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތްދިނުމާބެހޭ ގަވާއިދު" |
| 38 | ގެސްޓްހައުސް ރަޖިސްޓްރޭޝަން ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) |
| 39 | ގެސްޓްހައުސް ހިންގުމުގެ ގަވާއިދާ ޚިލާފުވުމުން ކުރާ ޖޫރިމަނާ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު" |
| 40 | ޓޫރިސްޓް އުޅަނދުފަހަރުގެ ރަޖިސްޓްރޭޝަން ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) |
| 41 | ސަބް-ލީސް ޓްރާންސްފަރ ފީ/ ލީސް ޓްރާންސްފަރ ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ޓޫރިސްޓް ރިޒޯޓުތަކާބެހޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދު" |
| 42 | މޯގޭޖް ރަޖިސްޓްރޭޝަން ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ޓޫރިސްޓް ރިޒޯޓުތަކާބެހޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދު" |
| 43 | ބީލަން ފޮތް ވިއްކުން (މިނިސްޓްރީ އޮފް ޓޫރިޒަމް) | ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" |
| 44 | ނީލަމުން ތަކެތި ވިއްކައިގެން ލިބޭ ފައިސާ (މިނިސްޓްރީ އޮފް ޓޫރިޒަމް) | ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" |
| 45 | ގެސްޓްހައުސް / ހޮޓާ ރަޖިސްޓްރޭޝަން ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) |
| 46 | ބޭރުގެ ޓޫރިސްޓް އުޅަނދު ދުއްވުމާއި ބަނދަރުކުރުމުގެ ހުއްދައިގެ ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) |
| 47 | ޗާޓަރ ލައިސަންސް ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދިވެހިރާއްޖެއަށް އަންނަ ބޭރު ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު" |
| 48 | ސަބްލީސް ރަޖިސްޓްރޭޝަން ފީ/ލީސް ރަޖިސްޓްރޭޝަން ފީ/ލީސް ޓްރާންސްފަރ ރަޖިސްޓްރޭޝަން ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ޓޫރިސްޓް ރިޒޯޓުތަކާބެހޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދު" |
| 49 | ޓުއަރ ގައިޑްކަން ކުރުމުގެ ހުއްދައާ ގުޅޭ ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ޓުއަރ ގައިޑުންނާބެހޭ ގަވާއިދު" |
| 50 | ގަވާއިދާ ޚިލާފުވުމުން ކުރެވޭ ޖޫރިމަނާ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު" |
| 51 | ގަވާއިދާ ޚިލާފުވުމުން ކުރާ ޖޫރިމަނާ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ޓުއަރ ގައިޑުންނާބެހޭ ގަވާއިދު" |
| 52 | ގަވާއިދާ ޚިލާފުވުމުން ކުރާ ޖޫރިމަނާ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ޓުއަރ ގައިޑުންނާބެހޭ ގަވާއިދު" |
| 53 | ގަވާއިދާ ޚިލާފުވުމުން ކުރާ ޖޫރިމަނާ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ޙަފުލާ ބޭއްވުމާބެހޭ ގަވާއިދު" |
| 54 | ގަވާއިދާ ޚިލާފުވުމުން ކުރާ ޖޫރިމަނާ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދިވެހިރާއްޖޭގައި ޓޫރިސްޓް ހޮޓާ ތަރައްޤީކުރުމާއި ހިންގުމާބެހޭ ގަވާއިދު" |
| 55 | ގަވާއިދާ ޚިލާފުވުމުން ކުރާ ޖޫރިމަނާ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓް ރިޒޯޓުތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ގަވާއިދު" |
| 56 | ޕްރޮޕޯޒަލް ހުށަހަޅާއިރު ދައްކަންޖެހޭ އިދާރީ ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ ގަވާއިދު" |
| 57 | އިދާރީ ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ ގަވާއިދު" |
| 58 | ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" |
| 59 | މުދަލު ޒަކާތް | - |
| 60 | ޞަދަޤާތް | - |
| 61 | ސެކިއުރިޓީ ފާހުގެ ފީ | - |
| 62 | ގޮނޑުދޮށުން ނަގާ ވެއްޔަށް ދައްކާ ފީ | ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާއި 51 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ހަދައިފައިވާ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ވެލިން މުއްސަނދިކުރުމަށް ވެލި ނެގުމުގެ އުސޫލު |
| 63 | އަމިއްލަފަރާތްތަކަށް ދޫކޮށްފައިވާ ލޯނު އަނބުރާ ދައްކާ ފައިސާ | ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" |
| 64 | ކުނި މެނޭޖްކުރުމުގެ ގަވާއިދާ ޚިލާފުވުމުން ކުރާ ޖޫރިމަނާ | ގަވާއިދު ނަންބަރު 2013/R-58 (ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު) |
| 65 | އިމްޕޯޓް މުދަލުގެ ވިޔަފާރިކުރާ ތަންތަނުން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ނަގާ ފީ | ގަވާއިދު ނަންބަރު R-138/2018 (އިމްޕޯޓު މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު |
| 66 | ގަވާއިދާ ޚިލާފުވުމުން ކުރާ ޖޫރިމަނާ | ގަވާއިދު ނަންބަރު R-41/2012 (ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު) |
| 67 | އޮންލައިން ވިޔަފާރިއާއި އެކްޓިވިޓީސް ރަޖިސްޓަރީ ކުރުމުގެ ފީ | ޤާނޫނު ނަންބަރު 2014/18 (ވިޔަފާރީ ރަޖިސްޓަރީ ކުރުމުގެ ޤާނޫނު) |
| 68 | އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުރާ ޖޫރިމަނާ | ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) |
| 69 | ޓްރެފިކް ވައަލޭޝަން ޖޫރިމަނާ | ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) |
| 70 | ގަވާއިދާ ޚިލާފަށް ޕާކްކުރުމުން ކުރާ ޖޫރިމަނާ | ގަވާއިދު ނަންބަރު 2012/R-1 (އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދު) |
| 71 | އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ އަހަރީ ފީ | ޤާނޫނު ނަމްބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) |
| 72 | ވެހިކަލް އިމްޕައުންޑިންގ ފީ | ޤާނޫނު ނަމްބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) |
| 73 | ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ | ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) |