ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.17 ޗެކަށް ފައިސާ ނަގަން ފޮނުވާ މުވައްޒަފުންނާ ޗެކު ހަވާލުކުރުން

ޗެކަށް ފައިސާ ނަގަން ފޮނުވާ މުވައްޒަފަކާ ލިޔުމަކުން ޗެކު ހަވާލުކޮށް ސޮއިކުރުވަންވާނެއެވެ. މިގޮތަށް ޗެކު ހަވާލުކުރާއިރު އެ ޗެކުގެ ނަންބަރާއި ފައިސާގެ އަދަދު އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ. ފައިސާ ނަގައިގެން ގެނައުމުން، އޮފީހުން އެ ފައިސާއާ ހަވާލުވާންޖެހޭ މުވައްޒަފަކު ފައިސާ ހަމައަށް ބަލައިގަނެ، ސޮއިކުރަންވާނެއެވެ. މި މާއްދާގައި ބުނާ ގޮތުގެމަތިން ޗެކު ހަވާލުކުރުމަށާއި އެ ޗެކަށް ނަގައިގެން ގެންނަ ފައިސާ ބަލައިގަތުމަށް ބޭނުންކުރާނީ މި ގަވާއިދުގެ 6.16 ވަނަ މާއްދާގައި ބުނެވުނު ފޮތެވެ.