ދަތުރު ޚަރަދާއި، ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރާ ޚަރަދު

8.19 ބައިނަލްއަޤުވާމީ އަދި ޤައުމީ ފެންވަރުގެ ޖަލްސާތަކުގައި ކެއުމާއި ސައިދިނުމާއި، ރިސެޕްޝަން ދިނުން
  • ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ ބައިނަލްއަޤުވާމީ ޖަލްސާތަކާއި، ޤައުމީ ފެންވަރުގެ ޖަލްސާތަކުގައި ކެއުމާއި ސައި ދިނުމާއި، ރިސެޕްޝަނެއް ދިނުންފަދަ ކަންތައްތަކަށް ޚަރަދުކުރަންވާނީ އެކަމަށް ބޭނުންވާ ފައިސާ އެ އޮފީހެއްގެ އެ އަހަރެއްގެ ބަޖެޓުގައި ހިމެނިފައި ހުރެގެންނެވެ. އަދި އެކަން ކުރަންވާނީ ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލާ އެއްގޮތަށެވެ.ހުރުމާއިއެކު، ދައުލަތުގެ ޕްރޮކިއުމަންޓް އުޞޫލުންނެވެ.