ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.03 މައްސަލަ ބަލާ ކޮމިޓީ އުފެއްދުން
  • މި ގަވާއިދުގެ ދަށުން ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ" ގެ ނަމުގައި އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ، މަދުވެގެން 7 (ހަތެއް) މެންބަރުން ހިމެނޭ ކޮމިޓީއެއް މިނިސްޓަރު އުފައްދަންވާނެއެވެ.

  • "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ" ގެ ޒިންމާއަކީ، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، މުދަލާއި ފައިސާގެ ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، މި ގަވާއިދާ ޚިލާފަށް ހިނގާ ޢަމަލުތައް ބަލައި ދިރާސާކޮށް އެ މައްސަލަތަކާމެދު ގޮތެއް ނިންމުމަށްޓަކައި މިނިސްޓަރަށް ލަފާ ދިނުމެވެ.