ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.03 ދައުލަތަށް ބަލައިގަނެވޭ ފައިސާ
  • ދިވެހިރާއްޖޭގެ ފައިސާގެ ޔުނިޓަކީ، ރުފިޔާއެވެ. މި ރުފިޔާ އެކުލެވިގެންވަނީ 100 (ސަތޭކަ) ލާރީގެ މައްޗަށެވެ.

  • ބޭނުންނުކުރެވޭވަރަށް ބައުވެ ހަލާކުވެފައިވާ ނޫޓާއި ލާރި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ފިޔަވައި ދައުލަތުގެ އެހެން އޮފީހަކުން ގަބޫލުކޮށްގެން ނުވާނެއެވެ.

  • ފައިސާ ބަލައިގަންނަ މުވައްޒަފުން ނަގުދު ފައިސާގެ އިތުރުން، ފައިނޭންޝަލް ކޮންޓްރޯލަރ އާންމުކޮށް ސަރކިއުލަރއަކުން ނުވަތަ ވަކި ޚާއްޞަ ހާލަތްތަކެއް ދިމާވުމުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ބޭންކް ޗެކު، ސަރޓިފައިޑް ބޭންކް ޑްރާފްޓް، ޓްރެވެލަރސް ޗެކު، ކްރެޑިޓްކާޑު، ޑެބިޓްކާޑު، އިލެކްޓްރޯނިކް ބޭންކް ޓްރާންސްފަރ އަދި މިނޫންވެސް މިފަދަ ނެގޯޝިއަބަލް އިންސްޓްރޫމަންޓުން ދެއްކޭ ފައިސާ ގަބޫލުކުރެވިދާނެއެވެ.