އަހަރީ މާލީހިސާބުތަކާއި އަހަރީ ރިޕޯޓު އަދި އެކައުންޓިންގ ސްޓޭންޑަރޑްސް

15.08 މަސައްކަތް ބަދަލުވާ ތަންތަނާއި އުވާލާ ތަންތަނުގެ ބަޖެޓާއި، މިލްކިއްޔާތާއި،މާލީޒިންމާތައް ބަދަލުކުރުން
  • ދައުލަތުގެ އޮފީހެއްގެ ދަށުގައިވާ މަސައްކަތެއް ނުވަތަ ޚިދުމަތެއް، ދައުލަތުގެ އެހެން އޮފީހަކަށް ބަދަލުކުރެވިއްޖެނަމަ، އެހާތަނަށް ޚަރަދުނުކުރެވިހުރި ބާކީ ފައިސާގެ ހިސާބުކޮށް ރީކޮންސައިލްކުރުމަށްފަހު، މިނިސްޓަރުގެ ހުއްދައާއެކު، އެ މަސައްކަތް ކުރުމުގެ ނުވަތަ ޚިދުމަތް ދިނުމުގެ މަސްއޫލިއްޔަތާ އަލަށް ހަވާލުވި އޮފީހަކަށް އެ ހިސާބާއި ބާކީހުރި ފައިސާ ފޮނުވަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފައިސާ ބަދަލުކުރާއިރު، ކުރިން އެ މަސްއޫލިއްޔަތު ހަވާލުވެފައިވާ އޮފީހަކުން އަގު އަދާނުކުރެވިހުރި ކޮމިޓްމަންޓްތަކުގެ ތަފުސީލު މިނިސްޓަރަށް ދޭންވާނެއެވެ.

  • އެ މަސައްކަތާ އަލަށް ހަވާލުވި އޮފީހުން އެ މަސައްކަތަށް ނުވަތަ ޚިދުމަތަށް ޚަރަދު ނުކުރެވިހުރި ބާކީފައިސާގެ އަންދާޒާ ހިސާބުތައް ބެލުމަށްފަހު ބާކީހުރި ފައިސާގެ ހިސާބު ދިމާވާކަން ނުވަތަ ނޫންކަން، މިނިސްޓްރީ އޮފް ފިނޭންސްއަށާއި ކުރިން އެ މަސައްކަތް ކުރަމުންދިޔަ ދައުލަތުގެ އޮފީހަށް އަންގަންވާނެއެވެ.

  • މި މާއްދާގެ (ނ) ގައިވާ ހުށަހެޅުންތައް ބެލުމަށްފަހު، މިނިސްޓްރީ އޮފް ފިނޭންސްއިން ވަކި ގޮތެއް ނިންމައި، ނިންމި ގޮތެއް، އަލަށް އެ މަސައްކަތާ ހަވާލުވި އޮފީހަށާއި ކުރިން އެ މަސައްކަތް ކުރަމުންދިޔަ އޮފީހަށް އަންގަންވާނެއެވެ.