މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.15 މުސާރައާއި އުޖޫރަ ތައްޔާރުކުރުމުގެ މަސައްކަތްކުރުން
  • މުސާރައާއި އުޖޫރަ ދިނުމަށްޓަކައި، މުސާރަޝީޓް ތައްޔާރުކުރުމުގެ މަސައްކަތުގައި އުސޫލެއްގެގޮތުން މަދުވެގެން 3 (ތިނެއް) މުވައްޒަފުން ބައިވެރިކުރަންވާނެއެވެ. ފުރަތަމަ މުވައްޒަފު ތައްޔާރުކުރާނީ މުސާރައާއި އުޖޫރައަށް ޖެހޭ އަދަދު ބަލައިގެން މުސާރަޝީޓެވެ. ދެވަނަ މުވައްޒަފު، އެހެނިހެން ތަފުސީލާއި އަދި ހިސާބު ހެދިފައިވަނީ ރަނގަޅަށްތޯ ބަލައި ޔަގީންކުރަންވާނެއެވެ. ތިންވަނަ މުވައްޒަފު ފައިސާ ދޫކުރުމަށް ހުއްދަދޭނީއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މުސާރަޝީޓް ތައްޔާރުކުރުމުގައި، މުވައްޒަފުން މަދުވުމުގެ ސަބަބުން އެ މަސައްކަތުގައި 3 (ތިނެއް) މުވައްޒަފުން ބައިވެރިނުކުރެވުނު ކަމުގައިވިޔަސް 1 (އެކެއް) މުވައްޒަފަކު ހުރިހާ މަސައްކަތެއް ނުކުރުމަށް ވީވަރަކުން މާލީޒިންމާދާރުވެރިޔާ ބާރުއަޅަންވާނެއެވެ.