ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.39 ބީލަމުގައި ބައިވެރިވާ ފަރާތްތައް ހޮވުން

ބީލަމުގައި ބައިވެރިވާ ފަރާތްތައް ހޮވާނީ، ތިރީގައިމިވާ ގޮތުގެމަތިން އެ ބީލަމެއްގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ގޮތްތަކަށް ބަލައިގެންނެވެ.

  • މި ގަވާއިދުގެ 10.38 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާގޮތަށް އާންމުކޮށް އިޢުލާންކޮށްގެން ހުށަހަޅާ ފަރާތްތައް އިވެލުއޭޓްކޮށްގެން، ނުވަތަ މި ގަވާއިދުގެ 10.40 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން އާންމުކޮށް އިޢުލާންކޮށްގެން ހުށަހަޅާ ފަރާތްތައް ޕްރީ-ކޮލިފައިކޮށްގެން.

  • މި ގަވާއިދުގެ 10.41 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާގޮތަށް ބީލަމުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ހުށަހެޅުމަށް އާންމުކޮށް އިޢުލާނުކޮށް ޝައުޤުވެރިކަން ހުށަހަޅާ ފަރާތްތައް ޝޯޓްލިސްޓްކޮށް އެފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު (ރިކްއެސްޓް ފޮރ ޕްރޮޕޯސަލް) ފޮނުވައިގެން.

  • މި ގަވާއިދުގެ 10.42 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާގޮތަށް ޝޯޓްލިސްޓްކޮށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ވަކި ފަރާތްތަކަކަށް އެކަނި ހުޅުވާލައިގެންނާއި އެކި ފަރާތްތަކުން ކޯޓޭޝަން ހޯދައިގެން.

  • އެއްފަރާތަކުން ލިބެން ހުންނަ ތަކެތި ހޯދުމަށް އެފަރާތެއް ކަނޑައަޅައިގެން.