ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.03 ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް ފައިސާ ޚަރަދުކުރުން
  • ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް ޚަރަދުކުރުމަށް ތައްޔާރުކުރާ ޕޭމަންޓް ވައުޗަރު އެކަމަށް ހުއްދަކޮށްފައިވާ ވެރިޔަކު ހުއްދަދީ ސޮއިކުރުމުން، އެ ވައުޗަރު ސަޕޯޓިންގ ޑޮކިއުމަންޓްތަކާއެކު ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތަށް ތައްޔާރުކުރާ ޕޭމަންޓް ވައުޗަރާއި ސަޕޯޓިންގ ޑޮކިއުމަންޓްތައް މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވާނީ ތިރީގައިވާ ދެގޮތުންކުރެ ގޮތަކަށެވެ.

    1. ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ފައިސާ ދެއްކުމަށް ލައިވްކޮށްފައިވާ އޮފީސްތަކުގެ ޕޭމަންޓް ވައުޗަރުތައް މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވާނީ އެ މިނިސްޓްރީން ކަނޑައަޅާ ސޮފްޓްވެއަރއެއް މެދުވެރިކޮށެވެ. މި ސޮފްޓްވެއަރ ބޭނުންނުކުރެވޭފަދަ ހާލަތެއް ދިމާވެއްޖެނަމަ، ޕޭމަންޓް ވައުޗަރުތައް ފޮނުވާނީ މިނިސްޓްރީ އޮފް ފިނޭންސްއިން އަންގާ ގޮތެއްގެމަތިން، މި މާއްދާގެ (ށ) ގެ 2 ގައި ބުނެފައިވާ ގޮތަށެވެ.
    2. ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ފައިސާ ދެއްކުމަށް މެނުއަލްކޮށް ޕޭމަންޓް ވައުޗަރާއި އެއާގުޅޭ ލިޔުންތައް މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނީ މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސޮފްޓްވެއަރ ލައިވްކޮށްފައިނުވާ އެކައުންޓުތަކުގެ ޚަރަދުތަކަށެވެ.
  • މި މާއްދާގެ (ށ) ގެ 1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވާ ވައުޗަރ ސޮފްޓްވެއަރގައި ޕާކްކުރާއިރު (އެންޓަރކުރާއިރު) އެއާގުޅޭ ހުރިހާ ލިޔުންތައް އެޓޭޗްކުރުމަކީ ޕާކްކުރާ މުވައްޒަފެއްގެ ޒިންމާއެކެވެ. އަދި ޕާކުކުރާއިރު އެޓޭޗްކުރަންޖެހޭ ހުރިހާ ލިޔުންތައް އެޓޭޗްކުރެވިފައިވޭތޯއާއި، ސޮފްޓްވެއަރގައި ޚަރަދުތައް ބާކީކުރެވެމުންދަނީ ވައުޗަރުގައިވާ ކޯޑުތަކުންތޯއާއި، ފައިސާ ދެއްކުމަށް ސިސްޓަމުގައި ނެގިފައިވަނީ ރަނގަޅު ވެންޑަރތޯއާއި، އެންޓަރ ކުރެވިފައިވަނީ ރަނގަޅު ފައިސާގެ އަދަދު، އަދި ރަނގަޅު ބިލް ނަންބަރުތޯ ބަލަންވާނެއެވެ.

  • ސިސްޓަމް މެދުވެރިކޮށް ހުއްދަދޭ ފަރާތްތައް ހުއްދަދިނުމުގެ ކުރިން އެ ޚަރަދަކާ ގުޅޭ ހުރިހާ ލިޔުންތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަށްފަހުގައި މެނުވީ ސިސްޓަމް މެދުވެރިކޮށް ހުއްދަދީގެން ނުވާނެއެވެ.