ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.08 ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުން

ބީލަމުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް މި ގަވާއިދުގައި ބުނެފައިވާ ގޮތް ނޫން ގޮތަކަށް ނުވަތަ ގަވާއިދާ ޚިލާފަށް ކުރާ ކަމަކާ ގުޅިގެން ބީލަމުގައި ބައިވެރިވެފައިވާ އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބޭނަމަ، ނުވަތަ ގެއްލުމެއް ލިބިއްޖެނަމަ، އެފަރާތަކުން މި ގަވާއިދުގެ 17.09 ވަނަ މާއްދާގައިވާ ގޮތުގެމަތިން މައްސަލަ ބެލުމަށް ހުށަހެޅިދާނެއެވެ.