ބަޖެޓް ދޫކުރުމާއި، ޚަރަދުކުރުމަށް ހުއްދަދިނުން

4.04 ވޭތުވެދިޔަ އަހަރުގެ ބަޖެޓުން، ހިނގާ އަހަރު ޚަރަދުކުރުން
  • ވޭތުވެދިޔަ އަހަރުގެ ތެރޭގައި ހޯދާފައިވާ މުދަލަކަށް ނުވަތަ ޚިދުމަތަކަށް ދައްކަންޖެހޭ ފައިސާއެއް ދެއްކުމަށް، އެ އަހަރެއް ނިމޭފަހުން އަންނަ ސަރުކާރު ބަންދުނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓަރަށް ހުށަހަޅައިފިނަމަ، ނިމުނު މާލީއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ފައިސާއިން ނުވަތަ އެޑްވާންސް ފަންޑުން އެ ފައިސާ ދިނުމަށް މިނިސްޓަރަށް ހުއްދަކުރެވިދާނެއެވެ.

  • މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ޚަރަދުކުރުމަށް ހުއްދަދިނުމަށް މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ މުވައްޒަފުންގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނެއެވެ.