ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.75 މަސައްކަތްކުރާ ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ލިބޭ ގެއްލުމަށް ޖާމިނުވެ، ރަނގަޅުކޮށްދިނުން
  • މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ލިބޭ ގެއްލުމާއި، ހަލާކުވާ ތަންތަނާއި، ތަކެތި މަރާމާތުކޮށް ރަނގަޅުކުރުމަކީ ކޮންޓްރެކްޓަރުގެ ޒިންމާއެކެވެ.

  • މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ލިބޭ ގެއްލުމާއި، ހަލާކުވާ ތަންތަނާއި، ތަކެތި މަރާމާތުކޮށް ރަނގަޅުކުރުމަށް، މަސައްކަތް ކުރުވާ އޮފީހުގެ ވެރިޔާ އެންގުމުން ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގައި އެ މަސައްކަތް ރަނގަޅުކުރަންވާނެއެވެ. އެ އެންގި އެންގުމަށް ޢަމަލުނުކުރުމުން ނުވަތަ އެކަން ގަބޫލުނުކުރުމުން ސަރުކާރުން އެކަން ރަނގަޅުކޮށް ނިންމުމަށްފަހު އެކަމަށް ހިނގި ހުރިހާ ޚަރަދެއް ކޮންޓްރެކްޓުގެ އަގުގެ ތެރެއިން ނުވަތަ ރިޓެންޝަން ފައިސާގެ ތެރެއިން އުނިކުރަންވާނެއެވެ.