ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.73 ކޮންޓްރެކްޓަރަށް ކުއްޔަށް ދޫކުރެވޭ ތަކެތީގެ ކުލި ކޮންޓްރެކްޓަރު އަތުން ހޯދުން
  • އަނބުރާ ދައްކާގޮތަށް މެޝިނަރީއާއި އިކުއިޕްމަންޓް ދެވެންހުރިނަމަ، މަސައްކަތްކުރާ ފަރާތަށް އެފަދަ ތަކެތި ދޭންވާނީ އާންމުކޮށް އެފަދަ ތަކެތި ލިބެން ހުންނަ ކުއްޔަކަށެވެ. މިގޮތުން ދީފައިވާ ތަކެތީގެ ކުއްޔަށް ދައްކަންޖެހޭ ފައިސާއާއި، އެ ތަކެތީގެ މަރާމާތަށް ފައިސާއެއް ދައްކަންޖެހޭނަމަ އެކަމަށް އެފަރާތްތަކަށް ގަވާއިދުން ބިލު ފޮނުވައިގެން އެ ފައިސާ ހޯދަންވާނެއެވެ.

  • އަނބުރާ ދައްކާގޮތަށް ދޫކުރި މެޝިނަރީއާއި އިކުއިޕްމަންޓުގެ ކުއްޔަށް ދައްކަންޖެހޭ ފައިސާއާއި މަރާމާތަށް ދައްކަންޖެހޭ ފައިސާގެ ބިލުތަކަށް މުއްދަތު ހަމަވާއިރު ފައިސާ ނުދައްކައި އޮތްނަމަ، މަސައްކަތުގެ އަގަށް ދޭންޖެހޭ ފައިސާ ދޭންވާނީ އެ ފައިސާ ކަނޑާފައެވެ.

  • ރާއްޖޭގައި ދާއިމީ އޮފީހެއް ނުހުންނަ ބޭރުގެ ފަރާތަކާ ހަވާލުކުރެވޭ މަސައްކަތްތަކުގައި، މަސައްކަތް ނިންމުމަށްފަހު އެފަރާތުން ސަރުކާރުގެ އެއްވެސް ފަރާތަކަށް ދޭންޖެހިފައިވާ އެއްޗެއް ނުވަތަ ފައިސާއެއް ހުރިތޯ ބަލައި، އެ ތަކެތި ނުވަތަ އެ ފައިސާ ހޯދައިދިނުމުގައި މަސައްކަތްކުރުވި ފަރާތުން އެހީތެރިވެދޭންވާނެއެވެ.