ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.06 ލިބޭ ފައިސާ، ޗެކުން ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން ބަލައިގަތުން
  • ޗެކުން ނުވަތަ އެކައުންޓު ކްރެޑިޓްކޮށް ނުވަތަ ޑެބިޓްކޮށް ދައްކާ ފައިސާ ނުވަތަ ކްރެޑިޓްކާޑުން ދައްކާ ފައިސާ ބަލައިގަންނާނީ ރަސީދު ހަދައިގެންނެވެ. އަދި ފޮތުގައި ލިޔެ ހިސާބުތައް ގަވާއިދުން ފުރިހަމަކުރަންވާނެއެވެ.

  • ބަލައިގަންނަ ހުރިހާ ޗެކެއް ހުންނަންވާނީ "ނޮޓް ނިގޯޝިއަބަލް – ކްރެޑިޓް ދިވެހި ސަރުކާރު އެކައުންޓް" ނުވަތަ "ނޮޓް ނިގޯޝިއަބަލް – ކްރެޑިޓް (އެކައުންޓުގެ ނަން)" މިހެން ލިޔެ ކްރޮސްކުރެވިފައެވެ.

  • ފައިސާ ލިބެންޖެހޭ އަދަދާއި ފައިސާ ލިބުނު އަދަދާ ތަފާތުވިނަމަވެސް ރަސީދު ހަދަންވާނީ ފައިސާ ލިބުނު އަދަދަށެވެ.

  • އެކި ފަރާތްތަކުން ގެންނަ ޕޯސްޓް ޑޭޓަޑް (އަންނަން އޮތް ތާރީޚެއްގެ) ޗެކު ހަވާލުވެ ބަލައިގަނެގެން ނުވާނެއެވެ.