ލޯކަލް ކައުންސިލުތަކުން ޚަރަދުކުރުމަށް ނެގި ފައިސާއެއް ޚަރަދުނުކުރެވޭގޮތް މެދުވެރިވެއްޖެނަމަ، ނުވަތަ ފައިސާ ނަގަންވީ އަދަދަށްވުރެ އިތުރަށް ފައިސާ ނެގިއްޖެނަމަ، މި ގަވާއިދުގެ 18.6 (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުންނަ ފައިސާގެ ތެރެއިން ޚަރަދުނުކުރެވޭގޮތް މެދުވެރިވެފައިވާ ފައިސާއާއި، ވަކި ކަމަކަށް ނެގި ފައިސާއިން ބާކީވެފައި ހުންނަ ފައިސާ، އެ ކޯޑަކުން ދެން ކުރަންޖެހޭ ޚަރަދަކުން އެޖަސްޓްމަންޓެއް ހަދައިގެން ހަމަޖެއްސިދާނެއެވެ.