ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.58 މުދާ ގަތުމަށާއި ޚިދުމަތް ހޯދުމަށް ހުއްދަދިނުން

ހޯދަން ބޭނުންވާ ޚިދުމަތް ނުވަތަ ގަންނަން ބޭނުންވާ ތަކެތި ހޯދަންވާނީ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ހުއްދަދޭ ފޮތް ނުވަތަ ފޯމު ފުރިހަމަކޮށް އެކަމަށް ވެރިޔަކު ހުއްދަދިނުމުންނެވެ. ތަކެއްޗާއި ޚިދުމަތް ހޯދުމަށް ހުއްދަދޭ ފޮތް ނުވަތަ ފޯމު އޮންނަންވީ ގޮތުގެ ނަމޫނާ މި ގަވާއިދާއެކުގައި ވާނެއެވެ. (MG/PC01)