ދިގު މުއްދަތަކަށް ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ޖެހިފައިވާ މުވައްޒަފުން، ރަށުން ބޭރުގައި މަސައްކަތްކުރާ މުއްދަތުގެ ތެރޭގައި، އެ މުވައްޒަފެއްގެ މުސާރަ ނުވަތަ މުސާރައިން ބައެއް އެހެން ފަރާތަކާ ހަވާލުކުރަން ބޭނުންވާނަމަ، އެކަން އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީހަކަށް ލިޔުމަކުން އެންގުމުން އެގޮތަށް ހަމަޖައްސައި ދެވިދާނެއެވެ.