މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.02 އުޖޫރައަށް މީހުން ގެންގުޅުން
  • ދައުލަތުގެ އޮފީހެއްގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ މަސައްކަތެއް އިތުރުވުން ނުވަތަ މަސައްކަތެއް އަވަސްކުރަންޖެހުން ނުވަތަ މުވައްޒަފުން މަދުވެއްޖެ ހާލަތެއްގައި ވަކި މަސައްކަތެއް ނުވަތަ މަސައްކަތްތަކެއް ކުރުމަށް ފަންނީ ނުވަތަ ފަންނީ ނޫން މީހުން އެ މަސައްކަތަކަށް ކަނޑައެޅޭ ވަކި އުޖޫރައެއް ދޭގޮތަށް ގެންގުޅެވިދާނެއެވެ. މިގޮތުން އުޖޫރައަށް މީހުން ގެންގުޅެވޭނީ އޮފީހެއްގެ ވަޒީފާގެ އޮނިގަނޑުގައި ވަކި މަޤާމެއް ހަމަޖެހިފައިނެތް މަސައްކަތްތައް ކުރުމަށް ދަތިވާ ހާލަތްތަކުގައި، މިނިސްޓްރީ އޮފް ފިނޭންސްއިމިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.

  • މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އުޖޫރައަށް މަސައްކަތްކުރުވާ ފަރާތްތައް ހޮވުމުގައި ޢަމަލުކުރަންވާނީ ޤާނޫނުގައިވާ ގޮތުގެ މަތިން ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި އަދި އެކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގައި ހަމަހަމަ ފުރުޞަތު ލިބޭގޮތަށް، އަދި އެކަމަށް އެންމެ އެކަށޭނަ ފަރާތަށް އެކަމުގެ ފުރުޞަތު ލިބޭނެ ގޮތެއްގެމަތިންނެވެ.

  • އުޖޫރައަށް މަސައްކަތްކުރުވާ ފަރާތަކީ ނުވަތަ ފަރާތްތަކަކީ އެ އޮފީހެއްގެ ދާއިމީ މުވައްޒަފުންނާ އެއްހަމައަކުން މަސައްކަތުގެ ވަގުތާއި އިންތިޒާމާއި މަސައްކަތުގެ ބުރަމިން ހަމަޖެހިފައިވާ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަމުގައިވާނަމަ، އެ މަސައްކަތެއްގެ އުޖޫރަ ހަމަޖައްސަންވާނީ މަސައްކަތު ވަގުތާއި އިންތިޒާމާއި މަސައްކަތުގެ ބުރަމިން ހަމަހަމަވާ ދާއިމީ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތަށްވުރެ އިތުރުނުވާ ނިސްބަތަކުންނެވެ.

  • އުޖޫރައަށް މަސައްކަތްކުރާނޭ ފަރާތްތައް ކަނޑައަޅަންވާނީ ފާސްކުރި ބަޖެޓުގައި އެކަމަށް ދޭނެ ފައިސާ ހިމެނިފައި އޮވެގެންނެވެ.