މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.20 ދައުލަތުގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ފައިސާ ޖަމާކުރުން
  • ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ފައިސާ ދެއްކުމުގައި، ދައުލަތުގެ އޮފީސްތަކުން ޢަމަލުކުރަމުން ގެންދާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

    1. ޕެންޝަނަށް ބަލާ މުސާރައިގެ (ޕެންޝަނަބަލް ވޭޖުގެ) ތެރެއިން އެ މުވައްޒަފަކު ދައްކަންޖެހޭ އަދަދު އުނިކޮށް، އެ އަދަދު ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ފައިސާ ޖަމާކުރުމަށްޓަކައި، "މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް" ގެ "ރިސިޕްޓް ނޯޓިސް" ފޯމުގައި ހިމަނަންވާނެއެވެ. މުވައްޒަފުންނަށް މުސާރަ ދޭނީ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދައްކަންޖެހޭ އަދަދު އުނިކުރުމަށްފަހު އެ މުވައްޒަފަކަށް ދޭންޖެހޭ އަދަދެވެ.
    2. އެ މުވައްޒަފަކު ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދައްކަންޖެހޭ ފައިސާގެ އަދަދާއެކު "އެ މުވައްޒަފަކަށް ވަޒީފާ ދީފައިވާ ފަރާތުން" ސްކީމަށް ދައްކަންޖެހޭ ފައިސާގެ އަދަދުވެސް "ރިސިޕްޓް ނޯޓިސް" ގައި ހިމަނާފައި އޮންނަންވާނެއެވެ.
    3. ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދައްކަންޖެހޭ ފައިސާގެ ހިސާބު މި މާއްދާގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެ މުވައްޒަފަކަށް މުސާރަދޭ ތަނަކަށް ލިބުމުން، އެ ހިސާބުތައް އެތަނަކުން ޗެކުކޮށް ޞައްޙަކަން ޔަގީންކުރުމަށްފަހު، ކޮންމެ މަހެއްގެ މުސާރަ ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅާއިރު އެ "ރިސިޕްޓް ނޯޓިސް" ހުށަހަޅަންވާނެއެވެ.
  • ކޮންމެ މުވައްޒަފަކަށްވެސް ވަޒީފާ ދީފައިވާ ފަރާތުން ސްކީމަށް ދައްކަންޖެހޭ ފައިސާ ދޫކުރާނީ މިނިސްޓްރީ އޮފް ފިނޭންސްއިން އެކަމަށް ކަނޑައެޅިފައި އޮންނަ ބަޖެޓް އައިޓަމަކުން ކަމަށްވާތީ، މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން މުސާރަދޭ ދައުލަތުގެ އޮފީސްތަކުން މުސާރަޝީޓް ފޮނުވާއިރު ]ރިސިޕްޓް ނޯޓިސް[ ފޮނުވަންވާނެއެވެ.

  • މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ]ރިސިޕްޓް ނޯޓިސް[ ފޮނުވުމުގައި އަތޮޅުތަކުގައި ހުންނަ ދައުލަތުގެ އޮފީސްތަކާއި ލޯކަލް ކައުންސިލްތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ފައިސާ ޖަމާކުރާއިރު، އެ މުވައްޒަފަކަށް ވަޒީފާ ދިން ފަރާތުން ސްކީމަށް ދައްކަންޖެހޭ ފައިސާ އެތަނަކަށް ފޮނުވާފައިހުރި ފައިސާއިން ޖަމާކުރަންވާނެއެވެ.

  • މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ފައިސާ ޖަމާކުރުމަށްފަހު، އެ މުވައްޒަފަކަށް ވަޒީފާ ދީފައިވާ ފަރާތުން ސްކީމަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ޖަމާކުރެވުނު ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެއެވެ.