ދައުލަތުގެ އިންޓަރނަލް އޮޑިޓް

16.02 ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލުމުގެ ބާރާއި އިޚުތިޔާރު
  • ދައުލަތުގެ މުދަލާއި ފައިސާއާއި، މުދަލާއި ފައިސާގެ ހިސާބުތަކާއި، މުދަލާއި ފައިސާއާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް، ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، މިނިސްޓަރަށް ނުވަތަ މިނިސްޓަރު އެކަމަށް ކަނޑައަޅާ މީހަކަށް ނުވަތަ މިނިސްޓަރު ޢައްޔަންކުރާ އިންޓަރނަލް އޮޑިޓަރަކަށް ބެލިދާނެއެވެ.

  • ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތް ހިންގުމުގައި، ދައުލަތުގެ އޮފީސްތަކުގައި ހުންނަ ދައުލަތުގެ މުދަލާއި ފައިސާއާއި، އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ އެހެން ފަރާތްތަކުގެ މުދަލާއި ފައިސާއާއި، އެކައުންޓުތަކާއި، މަޢުލޫމާތާއި، ލިޔެކިޔުންތަކާއި، އަދި މުދަލާއި ފައިސާއާ ގުޅުންހުރި އެންމެހައި ރިކޯޑުތައް ބޭނުންވެއްޖެ ހިނދެއްގައި އިންޓަރނަލް އޮޑިޓްކުރުމުގެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ބެލިދާނެއެވެ.