ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އާންމު ބައިތައް

12.02 ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތަކުގެ ރިކޯޑުތައް ބަލަހައްޓަންޖެހޭ މުއްދަތު
  • ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އެންމެހައި ލިޔުންތައް (ޕޭމަންޓް ވައުޗަރުތަކާއި، ބިލުތަކާއި، ޑެބިޓްނޯޓުތަކާއި، ކްރެޑިޓްނޯޓުތަކާއި، ޗެކުގެ ކައުންޓަރފޮއިލްތަކާއި، ޕަރޗޭސް އޯޑަރު ފޯމުތަކާއި، ސަރވިސް އޯޑަރު ފޯމުތަކާއި، ރަސީދުތަކާއި، ސަބްސިޑިއަރީ ކޭޝްއެކައުންޓް ފޮތްތަކާއި، ޖަރނަލްތަކާއި، އެހެނިހެން މާލީރިކޯޑުތައްފަދަ ލިޔުންތައް) ޤާނޫނު ނަންބަރު 16/2011 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު) ގެ ދަށުން ކަނޑައަޅާ މުއްދަތަކަށް ބަލަހައްޓަންވާނެއެވެ. އަދި ހަވާލާދެވުނު ޤާނޫނުގެ ދަށުން މުއްދަތެއް ކަނޑައަޅަންދެން މީލާދީ 5 (ފަހެއް) އަހަރު ވަންދެން ލިޔުންތައް ބަލަހައްޓަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ މުއްދަތު ހަމަވުމުގެ ކުރިން އެއްވެސް ސަބަބަކާހުރެ އެ މާއްދާގައި ބަޔާންކޮށްފައިވާފަދަ އެއްވެސް ލިޔުމެއް ނައްތާލެވޭނީ، އެ ލިޔުންތަކަކީ އޮޑިޓްކޮށް ނިމި އޮޑިޓްރިޕޯޓު ލިބިފައިވާ ލިޔުންތަކަކަށް ވުމާއެކު، އެ ލިޔުންތައް ނައްތާލަން ބޭނުންވާ ސަބަބު ބަޔާންކޮށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައި، އޮޑިޓަރ ޖެނެރަލްގެ ލަފާގެ މަތިން މިނިސްޓަރު ހުއްދަދިނުމުން، މި ގަވާއިދުގެ 12.03ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.