ދައުލަތުގެ މުދާ

11.07 ދައުލަތުގެ މުދާ ދިނުމާއި، ވިއްކުމާއި، ކުއްޔަށް ދިނުމާއި، ދޫކޮށްލުމާއި، ރަހުނުކުރުން
  • ދައުލަތުގެ މުދަލެއް ދޭންވާނީ، ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، ނުވަތަ ދޫކޮށްލަންވާނީ، ނުވަތަ ރަހުނުކުރަންވާނީ، ނުވަތަ ނައްތާލަންވާނީ، މި ގަވައިދާއި މި ގަވައިދުގެ ދަށުން ހަދާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން، މިކަންކަން ކުރުމަށް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިންނެވެ. މިކަންކަން ކުރަންވާނީ، ކޮންމެ އޮފީހެއްގައި ހުންނަ މި ގަވައިދުގެ ދަށުން ކަނޑައަޅާ މާލީޒިންމާދާރު ވެރިޔާއެވެ.

  • މި މާއްދާގެ (ހ) ގައިވާ ބާވަތުގެ ކަމެއް ނިންމަންވާނީ މިނިސްޓަރު އަންގާ ގޮތެއްގެމަތިން އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއެވެ. އަދި މިކަން ނިންމި ގޮތް ލިޔެކިޔުމުން އެނގެން އޮންނަންވާނެއެވެ.

  • މި މާއްދާގައިވާ ގޮތުގެމަތިން މިކަންކަން ކުރުމަށް މާލީޒިންމާދާރުވެރިޔާ ހުށަހަޅާއިރު، ތިރީގައިމިވާ ކަންތައްތަކަށް ރިޢާޔަތްކުރަންވާނެއެވެ.

    1. ދިނުމަށް ނުވަތަ ވިއްކާލުމަށް ނުވަތަ ކުއްޔަށް ދިނުމަށް ނުވަތަ ދޫކޮށްލުމަށް ނުވަތަ ރަހުނުކުރުމަށް ބޭނުންވާ މުދަލުގެ ފުރިހަމަ ތަފުސީލު.
    2. މުދާ ހުރި ތަނަކާއި، މުދާ ބެލެހެއްޓެމުންދާ ގޮތް.
    3. މުދަލުގެ ފުރިހަމަ އަގު.
    4. މިކަންކަން ކުރުމަށް ބޭނުންވާ ސަބަބު.
    5. މިކަންކަން ކުރުމުގައި، ދައުލަތަށް މަންފާއެއް ނުވަތަ ގެއްލުމެއް ލިބޭނެކަމަށް ފެންނަނަމަ އެކަމެއް.
  • ދައުލަތުގެ މުދަލެއް (ބިންބިމާއި ރަށްރަށްވެސް ހިމެނޭ ގޮތަށް) ދޭންވާނީ، ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ މި ގަވާއިދުގެ ބާބު 10 ގައިވާ ގޮތުގެމަތިން ކުރިމަތިލާން އެދޭ އެންމެހައި ފަރާތްތަކަށް ފުރުޞަތު ދެވޭނެ ހާމަކަންބޮޑު ގޮތެއްގެމަތިންނެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ ހުއްދަ ލިބިގެން މި މުޢާމަލާތް ހިންގާ ފަރާތަކަށް ފެންނަ އިތުރު ބައިތަކެއް ޝަރުޠުތަކުގެ ތެރޭގައި ހިމެނިދާނެއެވެ.