ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.16 ބިޑް އިވެލުއޭޓްކުރުން
  • ދައުލަތުގެ އޮފީސްތަކަށް ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރާނީ އެ އޮފީހެއްގެ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ސެކްޝަނަކުން ނުވަތަ ޑިޕާޓްމަންޓުން ނުވަތަ ބީލަން އިވެލުއޭޓުކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކުންނެވެ.

  • ޕްރޮކިއުމަންޓް ޔުނިޓުން، ނުވަތަ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސެކްޝަނަކުން ބީލަންތައް އިވެލުއޭޓްކުރުމަށްފަހު، އިވެލުއޭޝަން ރިޕޯޓު، ބިޑްކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

  • ބިޑްތައް އިވެލުއޭޓްކުރަންވާނީ ބިޑުގެ އަގުގެ ކުޑަބޮޑުމިނަށާއި، އެ ބިޑެއް އިވެލުއޭޓްކުރުމުގައި ބޭނުންވާ ފަންނީ ހުނަރަށް ބަލައިގެން އެ އޮފީހެއްގައި އުޅޭ އެކަމަކާ ގުޅޭ ފަންނީ މީހުން ހިމަނައިގެންނެވެ. އެ އޮފީހަކުން އެފަދަ މީހުން ލިބެން ނެތްނަމަ އެ ފަންނުގެ މީހުން ލިބެންހުރި އޮފީސްތަކުން ހޯދިދާނެއެވެ.

  • އިވެލުއޭޝަނާ ބެހޭގޮތުން ޢަމަލުކުރުމުގައި ބަލަންޖެހޭ އުސޫލުތައް މި ގަވާއިދުގެ 10.45 ވަނަ މާއްދާއާއި 10.46 ވަނަ މާއްދާއާއި 10.47 ވަނަ މާއްދާގައި ވާނެއެވެ.