ދައުލަތަށް ލިބޭ އެހީން ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

9.03 އެހީގެ ގޮތުގައި ފަހުން ފައިސާ ލިބޭގޮތަށް ކުރާ ޚަރަދު
  • އެހީގެ ގޮތުގައި ފަހުން ފައިސާ ލިބޭގޮތަށް އެއްވެސް ޚަރަދެއް ކުރަންވާނީ އެކަން މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ އެކަމުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދޫކޮށްފައިވާ ފައިސާއެއް ނުވަތަ ޚަރަދުކޮށްފައިވާ ފައިސާއެއް އަނބުރާ ދޭންޖެހޭ ފަރާތަކުން ނުލިބި އޮތްނަމަ، އެ ފައިސާއާ ބެހޭ ފުރިހަމަ މަޢުލޫމާތު (ޚަރަދުކުރި ފައިސާގެ އަދަދު، ތާރީޚު، ޚަރަދުކުރި ކަންތައް، އަނބުރާ ދޭން ހަމަޖެހިފައިވާ ފަރާތް، އަނބުރާ ދޭން އެއްބަސްވެފައިވާ ގޮތް، އަނބުރާ ދިނުމަށް އެއްބަސްވި މުއްދަތު، އަދި މިނޫނަސް އެ ފައިސާއާ ބެހޭ މައުލޫމާތު) މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވައި އެކަމެއް ހަމަޖައްސަންވާނެއެވެ.

  • ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި، ޓިކެޓް ޚަރަދާއި ބައެއް ކަހަލަ އެލަވަންސްތަކަށް އެ ދަތުރު ހަމަޖައްސާ ފަރާތުން ފައިސާ ދޭގޮތަށް ހަމަޖެހިގެން، އަނބުރާ ލިބޭގޮތަށް އެ އޮފީހަކުން ކުރާ ޚަރަދުގެ ފައިސާ ލިބެމުންދޭތޯ މާލީޒިންމާދާރުވެރިޔާ ބަލައި ޗެކުކުރަމުން ގެންދަންވާނެއެވެ.