ދައުލަތުގެ އޮފީސްތަކުން ހިންގާ އިޖުތިމާޢީ ހަރަކާތްތަކަށް ދައުލަތުގެ އުޅަނދުފަހަރު ބޭނުންކުރާނަމަ، ބޭނުންކުރަންވާނީ ރަސްމީ އެއްވެސް މަސައްކަތަކަށް ދަތިނުވާ ގޮތެއްގެމަތިން މާލީޒިންމާދާރުވެރިޔާގެ ހުއްދައާއެކު އެކަމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް އެ އުޅަނދެއް ބޭނުންކުރާ ފަރާތަކުން ދޭގޮތަށެވެ.
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަގު ނަގާ އުސޫލު އެ އޮފީހެއްގައި ކަނޑައަޅާފައި އޮންނަންވާނެއެވެ.
ދައުލަތުގެ އޮފީސްތަކުގެ ބޭނުމަށް ހޯދާފައި ހުންނަ އުޅަނދުފަހަރު ދައުލަތުގެ އެއްވެސް މުވައްޒަފެއްގެ އަމިއްލަ ކަންކަމުގައި ބޭނުންކޮށްގެން ނުވާނެއެވެ.