ބަޖެޓް ދޫކުރުމާއި، ޚަރަދުކުރުމަށް ހުއްދަދިނުން

4.07 ބަޖެޓް ހިސާބު ނިންމައި ފޮނުވުން
  • ދައުލަތުގެ ކޮންމެ އޮފީހަކުން ކޮންމެ މަހަކު ކުރާ ޚަރަދުތަކުގެ ހިސާބު (އެ މަހަކު ހިނގި ޚަރަދުގެ ޖުމުލައާއި، އަހަރު ފެށުނީއްސުރެ އެ މަހެއްގެ ނިޔަލަށް ހިނގާފައިވާ ޚަރަދުގެ ޖުމުލަ އެނގޭނޭގޮތަށް) އެކި އައިޓަމުތައް ވަކިވަކިން އެނގޭގޮތަށް ތައްޔާރުކޮށް ނިންމަންވާނެއެވެ.

  • ކޮންމެ މަހެއްގެ ޚަރަދާއި ލިބޭފައިސާގެ ހިސާބު ނިންމާއިރު މިނިސްޓްރީ އޮފް ފިނޭންސްގައި ޤާއިމުކުރެވިފައި އޮންނަ ޕަބްލިކް އެކައުންޓިންގ ސިސްޓަމުގެ (ޕީ.އޭ.އެސް) ބާކީ ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ބޭންކުން ދައްކާ ބާކީއާއި، އޮފީހުގެ ފޮތްތަކުން ނުވަތަ ސިސްޓަމުން ދައްކާ ބާކީއާ ދިމާވާގޮތަށް ހިސާބުތައް ރިކޮންސައިލްކުރަންވާނެއެވެ.

  • އެ މަހެއްގައި ހަދާ ޗެކުތައް ލިބެންވާ ފަރާތްތަކަށް ލަސްނުކޮށް ހަވާލުކޮށް ނިންމަންވާނެއެވެ.

  • ބަޖެޓުން ޚަރަދުކުރެވުނު ފައިސާގެ ރިޕޯޓު މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންޖެހޭ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/BC05 ގައި ވާނެއެވެ.