މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.14 މުސާރައާއި އުޖޫރަ އިތުރަށް ދެވިއްޖެނަމަ އަނބުރާ ހޯދުމާއި، ހަވާލުނުވެ ހުންނަ ފައިސާއާމެދު ޢަމަލުކުރަންވީ ގޮތް
  • މުސާރައާއި، އެކިއެކި އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، މިނޫންވެސް މުވައްޒަފުންނަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ދިނުމުގައި ދޭންޖެހޭވަރަށްވުރެ އިތުރަށް ފައިސާ ދެވިއްޖެނަމަ، ފައިސާ އިތުރަށް ލިބުނު މުވައްޒަފެއްގެ އަތުން އެ ފައިސާ އަނބުރާ ހޯދަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިތުރަށް ދެވުނު ފައިސާގެ އަދަދަކީ އެ މުވައްޒަފަކަށް މުސާރައާއި އެލަވަންސަށް މަހަކަށް ލިބޭ ޖުމުލަ އަދަދުގެ %20 (ވިހި އިންސައްތަ) އަށްވުރެ ކުޑަ އަދަދެއްނަމަ، އެއްފަހަރާ އެ ފައިސާ ހޯދަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިތުރަށް ދެވުނު ފައިސާގެ އަދަދަކީ އެ މުވައްޒަފަކަށް މުސާރައާއި އެލަވަންސަށް މަހަކަށް ލިބޭ ޖުމުލަ އަދަދުގެ %20 (ވިހި އިންސައްތަ) އަށްވުރެ ބޮޑު އަދަދަކަށްވެފައި، އަދި އެ ފައިސާ އެއްފަހަރާ ދެއްކުމަށް އެ މުވައްޒަފަކު އުޒުރުވެރިވާނަމަ، އެ ފައިސާ ހޯދާނީ މާލީޒިންމާދާރުވެރިޔާއާއި އެ މުވައްޒަފަކާ އެއްބަސްވާ ގޮތެއްގެމަތިންނެވެ. މިގޮތުން މަހަކަށް ކެނޑޭނެ އެންމެ ކުޑަ އަދަދަކީ އަސާސީ މުސާރައިގެ %20 (ވިހި އިންސައްތަ) އެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މުވައްޒަފަކު ދައްކަންޖެހޭ ފައިސާ ދައްކަން އެންގުމުން، އެ ފައިސާ ނުދައްކައިފިނަމަ، އެ މައްސަލަ ނިންމާނީ ޝަރުޢީ ކޯޓަކަށް ހުށަހަޅައިގެންނެވެ.

  • މުސާރަދޭ ދުވަހު ދިމާވާ މަޤުބޫލު ސަބަބަކާހުރެ ހުރިހާ މުވައްޒަފުންނަށް މުސާރަ ނުދެވިއްޖެނަމަ، ޖެހިގެން އަންނަ ދުވަހު ނުވަތަ ވީއެންމެ އަވަސް ފުރުޞަތެއްގައި މުސާރަ ނުދެވި ތިބި މުވައްޒަފުންނަށް މުސާރަދީ ނިންމަންވާނެއެވެ.