ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.17 ޕްރޮކިއުމަންޓުގެ ކަންތައް ކުރިޔަށް ގެންދިއުމުގެ ކުރިން ހުއްދަ ހޯދުން
  • ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމުގައި ތިރީގައިވާ މަރުޙަލާތައް ފުރިހަމަކުރަންވާނީ ހުއްދަ ހޯދަންޖެހޭ ފަރާތަކުން އެ ހުއްދައެއް ހޯދުމަށްފަހުގައެވެ.

    1. ބީލަންފޮތް ތައްޔާރުކުރުމާއި، އިޢުލާންކުރުމާއި، ޝޯޓްލިސްޓުކުރެވޭ ހާލަތްތަކުގައި ބީލަމުގައި ބައިވެރިވާ ފަރާތްތައް (ބީލަންވެރިން) ޝޯޓްލިސްޓްކުރުމާއި، ރިކުއެސްޓް ފޮރ ޕްރޮޕޯސަލް ތައްޔާރުކުރުމުގެ ކުރިން.
    2. ބީލަމެއްގެ އިވެލުއޭޝަން ރިޕޯޓު ތައްޔާރުކުރުމާއި، އެއް މަރުޙަލާއެއްގެ އިވެލުއޭޝަނަށްފަހު އަނެއް މަރުޙަލާއެއްގެ ބީލަން ހުޅުވާނަމަ، ކުރީ މަރުޙަލާގެ އިވެލުއޭޝަން ރިޕޯޓު ތައްޔާރުކޮށް ހުށަހެޅުމާއި، ބީލަމުގެ ނެގޯޝިއޭޝަން ނުވަތަ ބީލަމެއް ގަބޫލުކުރިކަން އަންގައިދޭ ލިޔުން ތައްޔާރުކޮށް ހުށަހެޅުމުގެ ކުރިން.
    3. ކޮންޓްރެކްޓަށް ބަދަލުގެނައުން ނުވަތަ ކޮންޓްރެކްޓެއް ބާޠިލުކުރަން ނިންމުމުގެ ކުރިން.
  • ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް ހުއްދަދިނުމާއި، ހުއްދަދިން ގޮތުގެމަތިން ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދޭތޯ ބެލުމަކީ ހުއްދަދޭ ފަރާތުގެ ޒިންމާއެކެވެ.